ލިންކްރޯޑުގެ މަސައްކަތަށް މޫދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ކައުންސިލުން އަންގައިފި

ހިތަދޫ ސިޓީގެ އޭރިއަލް ފޮޓޯއެއް. އައްޑޫޕްލަސް ފޮޓޯ: ހަސަން ޝައްމު
ހިތަދޫ ސިޓީގެ އޭރިއަލް ފޮޓޯއެއް. އައްޑޫޕްލަސް ފޮޓޯ: ހަސަން ޝައްމު

ހިތަދޫ ޕޮލިހުން ފެށިގެން ބެންކާ ހަމައަށް މޫދުގައި އަޅާފައި އަޅާފައިވާ އުޅަނދުތަކާއި އެހެލާފައިވާ އުޅަނދުތައް  7 ދުވަހުގެ ތެރޭގައި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ. 

ކައުންސިލުން ބުނި ގޮތުގައި، މި ތަކެތި ނެގުމަށް އަންގާފައިވަނީ ލިންކް ރޯޑުގެ މަސައްކަތަށެވެ.

މި އެންގުމުގައި ކައުންސިލުން ދީފައިވާ ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ސަރަހައްދުން ނުނަގައި ހުންނަ ތަކެއްޗަކީ، ވެރިފަރާތުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި ކައުންސިލުން ނަގާނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން ގުޅުވައިދޭ އައްޑޫ ލިންކް ރޯޑު އަލުން ތަރައްގީކޮށް ހަތަރު ލޭނަށް ފުޅާކުރުމުގެ މަޝްރޫއު ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފައިވަނީ ސެޕްޓެންބަރު 24 ގައެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ދެ ލޭނުން ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކުރާނެއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގެވެ.

ލިންކް ރޯޑުކައުންސިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0