އެމްއެމްއޭއިން ޑިޖިޓަލް މަނީ ޗޭންޖާ ސިސްޓަމް ތައާރަފުކޮށްފި

ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އޮންނަ ހުރިހާ ފަރާތްތަކުން މި ސިސްޓަމް ބޭނުންކުރުން ލާޒިމުވާނެ

"މަނީ ޗޭންޖާ ސިސްޓަމް" ރަސްމީކޮށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެމްއޭ
"މަނީ ޗޭންޖާ ސިސްޓަމް" ރަސްމީކޮށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ "މަނީ ޗޭންޖާ ސިސްޓަމް" ތައާރަފުކޮށްފިއެވެ. 

މި ސިސްޓަމް ރަސްމީކޮށް ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.

އެމްއެމްއޭއިން ބުނީ، މިއީ މަނީ ޗޭންޖަރުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ސިސްޓަމްގެ މައިގަނޑު މަގުސަދަކީ ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ރެކޯޑުކުރުމާއި ރިޕޯޓުކުރުމުގެ ކަންކަން ފަސޭހަކޮށްދިނުން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޑިޖިޓަލައިޒޭޝަނާއި އޮޓޮމޭޝަން މެދުވެރިކޮށް ހިންގުމުގެ ހަރުދަނާކަން އިތުރުކޮށް، މާލީ ދާއިރާގެ އިތުބާރާއި ނަޒާހަތްތެރިކަން ވަރުގަދަކުރުމަކީވެސް މި ނިޒާމުގެ އަމާޒެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ކަނޑައަޅާފައިވާ ގޮތުގައި، އަންނަ ޑިސެންބަރު 1 އިން ފެށިގެން، ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ލިބިފައިވާ ހުރިހާ ފަރާތްތަކަކުންވެސް މި އާ ސިސްޓަމް ބޭނުންކުރުން ލާޒިމުވާނެއެވެ.

އެމްއެމްއޭމޯލްޑިވްސް މަނިޓަރީ އޮތޯރިޓީޑިޖިޓަލް މަނީ ޗޭންޖާ ސިސްޓަމް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0