ހަކުރުބަލި ދުރާލައި ދެނެގަނެ، ހުރިހާ އެންމެންނަށް އެކަށީގެންވާ ފަރުވާ ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު.

ހަކުރުބަލި ކުރިއާލައި ދެނެގަނެ، ބަލީގެ ކޮންމެ މަރުހަލާއެއްގައިވެސް ކޮންމެ ފަރުދަކަށް އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބިދެވޭނޭ ނިޒާމު ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ހަކުރުބައްޔަކީ އެ ބަލި ތަހައްމަލުކުރާ ގިނަ ބައެއްގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި މުޅި އުމުރުދުވަހު ގަދައަޅައި މަސައްކަތްކުރަންޖެހޭ ބައްޔެއް ކަމަށެވެ.

ހަމައެއާއެކު، ބައެއް ފަރާތްތަކަށް މިއީ ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ހާލަތްތަކާ އަދި ސީރިއަސް ސިއްހީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ބޮޑު ތަކުލީފެއްކަން ވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހު އަޅުގަނޑުމެން މި ތަފާތު ތަޖުރިބާތައް ބަލައިގަންނަ ކަމަށާއި، ފުރާނަ ސަލާމަތްކުރުމަށް ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ބަލީގައި ތަހަންމަލުކުރަންޖެހޭ ވޭން ކުޑަކުރުމަށް މަސައްކަތްކުރުން މުހިންމު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ މީހަކުވެސް މި ބަލި ތަހަންމަލުކުރާ ގާތް މީހުންނަށް ފަރުވާއާއި، ގަވާއިދުން ސްކްރީން ކުރުމަށް ހިތްވަރުދީ، ސިއްހަތަށް ފައިދާހުރި ގޮތްތައް އިހުތިޔާރު ކުރުމަށް އެއްބާރުލުންދޭން ވާނެކަމަށާއި އެމަގުން ކުރެވޭ ކޮންމެ ކަމަކީވެސް ކޮށްދެވޭނެ މުހިންމު ކަމެއްކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންފަސްޓް ލޭޑީބައިނަލްއަގުވާމީ ހަކުރުބަލީގެ ދުވަސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0