ލިންކް ރޯޑުގެ ވަޅުގަނޑަކާއި ހެދި މީހަކު ސައިކަލުން ވެއްޓި ސީރިއަސް އަނިޔާތަކެއް

އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުލުުހުންނާއި އާއްމުން އެހީވަނީ. އައްޑޫޕްލަސް ފޮޓޯ: ހަސަން ޝައްމު
އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުލުުހުންނާއި އާއްމުން އެހީވަނީ. އައްޑޫޕްލަސް ފޮޓޯ: ހަސަން ޝައްމު

އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑުގައި މިއަދު މެންދުރު ސައިކަލެއް ކަހާލައިގެން ވެއްޓި ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ސިވިލް މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މިއަދު މެންދުރު 12:30 ހާއިރު މި އެކްސިޑެންޓް ހިނގީ ލިންކް ރޯޑުގައި އޮތް ވަޅުގަނޑަކާ ހެދި ސައިކަލު ކަހާލައިގެން ވެއްޓިގެންނެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ލިންކް ރޯޑަށް ވެލި އަރާފައިވާއިރު، އެ މަގުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އައްޑޫ ލިންކް ރޯޑު މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫއު ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތިން އަހަރާއި ނުވަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެޕްރީލް 8، 2025 ގައި ހަވާލުކުރި ކަމަށް ދަ އެޑިޝަނުން ރިޕޯޓުކޮށްފައިވެއެވެ. އަދި އެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް އަވަސްކުރައްވާނެ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފަހުން ވިދާޅުވެފައިވާއިރު، މިދިޔަ ސެޕްޓެންބަރު 24 ގައި ސަރުކާރުން ވަނީ ޗައިނާގެ ރޮޓައިމް އިންޖިނިއަރިން ކުންފުންޏާ އެ މަޝްރޫއު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އައްޑޫ ލިންކް ރޯޑު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0