އައްޑޫ އެއާޕޯޓުގެ މަގާމުތަކަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި

11،000 ރުފިޔާއާއި 17،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ނޮވެންބަރު 26

އައްޑޫ އެއާޕޯޓުގެ މަގާމުތަކަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ހުސްވެފައިވާ ތަފާތު މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ. 

އެ ކުންފުނިން މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ރޭމްޕް ހޭންޑްލަރުގެ ތިން މަގާމާއި، ހެޑް އޮފް އިންވެންޓްރީ އެންޑް ފިކްސްޑް އެސެޓް މެނޭޖްމަންޓާއި، ޖެނެރަލް ސްޓޯރުގެ ލޭބަރެއްގެ އިތުރުން އެސިސްޓެންޓް އޮފިސަރ އެޑްމިނިސްޓްރޭޝަންގެ މަގާމު ހިމެނެއެވެ. މި ވަޒީފާތަކަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 11،000 ރުފިޔާއާއި 17،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެސިސްޓެންޓް އޮފިސަރ އެޑްމިނިސްޓްރޭޝަންގެ މަގާމަށް މުވައްޒަފަކު ނަގަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުންނެވެ. އެ މަގާމުގެ ޝަރުތުތަކަކީ ޖީސީއީ އޯލެވެލް އިމްތިހާނުން މަދުވެގެން ތިން މާއްދާއިން ފާސްވެފައިވުން ނުވަތަ ގުޅުންހުރި ދާއިރާއަކުން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ. އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ކުންފުންޏަށް އަންނަ ފޯނު ކޯލުތަކާއި އީމެއިލްތައް ކަމާބެހޭ ޑިޕާޓްމަންޓުތަކަށް ފޮނުވުން ހިމެނެއެވެ.

 މި ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހު (26 ނޮވެންބަރުގައި) އެވެ.   

ކޮމެންޓް 0