އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އައްޑޫ ސިޓީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ސްކޫލްތަކުގެ ބައިން އެއްވަނަ ހިރާ ސްކޫލުން ހޯދައިފިއެވެ.
ހިރާ ސްކޫލުން މުބާރާތުގެ ސްކޫލްތަކުގެ ބައިން 1 ވަނަ ހޯދިއިރު، އެ ސްކޫލުން ވަނީ ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އަދި ބަލައިގެން ކިޔެވުމުގެ ބައިން 2 ވަނަ ހާސިލްކޮށްފައިވެއެވެ.
މި މުބާރާތުގައި އައްޑޫ ސިޓީގެ 9 ސްކޫލަކުން 229 ދަރިވަރުން ބައިވެރިވެފައިވާއިރު، އެންމެ ގިނަ ދަރިވަރުން ބައިވެރިވީ ވެސް ހިރާ ސްކޫލުންނެވެ. އެ ސްކޫލުން 46 ދަރިވަރަކު މުބާރާތުގައި ބައިވެރިވިއެވެ.
