އެކުގައި މަހަށް ނިކުތް ދެމަފިރިޔަކު، ކަނޑުމަތީގައި ނަމާދު ކުރާ މަންޒަރު!

އެކުގައި މަހަށް ނިކުތް ދެމަފިރިޔަކު، ކަނޑުމަތީގައި ނަމާދު ކުރާ މަންޒަރު!

ދެމަފިރިޔަކު އެކުގައި މަހަށް ގޮސް އުޅުމުގެ ތެރޭގައި، ނަމާދު ވަގުތު ޖެހުމުން މަސްބޭނުން މަޑުޖައްސާލުމަށްފަހު ދޯނިމަތީގައި ނަމާދުކުރާ މަންޒަރު ފެންނަ ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. 

އުތުރުގެ ރަށެއްގައި ނަގައިފައިވާ ކަމަށް ބެލެވޭ މި ވީޑިއޯ އިން ފެންނަނީ، މަސްވެރިކަމަށް ނިކުމެ އުޅުނު ދެމަފިރިޔަކު ޑިންގީ މަޑުކޮށްލައިގެން ތިބެ ނަމާދުކުރަމުން ގެންދާ މަންޒަރެވެ. 

މި ވީޑިއޯ ސޯޝަލް މީޑިޔާގައި ހިއްސާކުރި، މަސްވެރި އިހަވަންދޫ ނަމަކަށް ކިޔާ ޕޭޖްގައި ބުނެފައިވާ ގޮތުގައި، މިއީ ދެމަފިރިން އެކުގައި ކަނޑުމަތީގައި މަސްވެރިކަމުގައި ހޭދަކުރި ވަގުތުތަކުގެ ތެރެއިން، ނަމާދު ވަގުތަށް އިސްކަންދީގެން ގެންދިޔަ ތަނެވެ. 

މަސްބޭނުމުގައި އުޅެމުންވެސް ނަމާދު ވަގުތަށް އެ މަސައްކަތް ހުއްޓާލައި ދޯނިމަތީގައި ނަމާދުކުރުމަކީ، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި މި ވާހަކަ ހިއްސާކުރި ފަރާތުން ވަނީ ސިފަކޮށްފައެވެ. އަދި ހިތްހަމަޖެހުމާއި އުފާވެރިކަމަކީ މިފަދަ ކަންކަން ނޫންތޯ ސުވާލުކޮށް، އެ މަންޒަރުން ފެންނަ އުފާވެރިކަމުގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ.

ދޯނިމަތީގައި ނަމާދުކުރި މި ދެމަފިރިންނަކީ ކޮން ބައެއް ކަމާއި، މިއީ ކޮން ރަށެއްގައި ނުވަތަ ކޮން ސަރަހައްދެއްގައި އަދި ކޮން ތާރީހެއްގައި ހިނގި ކަމެއްކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.

ކޮމެންޓް 0