ދޮން ދަރިއެއް ނުހުންނަ ކަމަށްބުނެ ޝާހިދު ކޯޓުގައި ދޮގު ހަދައިފި

ޝާހިދު އަދި ޒިފްލީނާ އެކުގައި ނަގައިފައިވަނިކޮށް މީގެ ކުރިން މީސް މީޑިޔާގައި އާއްމުވި ފޮޓޯއެއް.
ޝާހިދު އަދި ޒިފްލީނާ އެކުގައި ނަގައިފައިވަނިކޮށް މީގެ ކުރިން މީސް މީޑިޔާގައި އާއްމުވި ފޮޓޯއެއް.

އަމިއްލަ ދޮން ދަރިފުޅަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭނާގެ ދޮން ދަރިއެއް ނުހުންނަ ކަމަށް ކޯޓުގައި ބުނެފިއެވެ. 

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރުކަންވެސް ކޮށްފައިވާ ޝާހިދު، ހައްޔަރުކޮށްފައިވަނީ އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން އޭނާ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެއެވެ. 

ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު ކޯޓުގައި ޝާހިދުވަނީ، އޭނާގެ ދޮންދަރިއެއް ނުހުންނަ ކަމަށް ބުނެފައެވެ. އެހެން ކަމުން އެ ކުއްޖާއަކީ އޭނާގެ ދޮންދަރިއެއްކަން ބަޔާންކޮށް، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ފޯމުގައި ބަޔާން ކޮށްފައި އޮތީ ގާނޫނާހިލާފަށް ކަމަށް ޝާހިދުގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުން އެކަމަށް ރައްދު ދެމުން ކޯޓުގައި ބުނެފައިވާ ގޮތުގައި ކުއްޖާ ޝާހިދާއި މުހާތަބު ކުރަނީ "ބައްޕި" ގެ ގޮތުގައި ކަމަށާއި، އޭގެ ސަބަބުން އެ ކުއްޖާ ދެކެނީ ޝާހިދަކީ ދޮންބައްޕަކަމަށް ބެލެވޭނެ ސަބަބު އެބަހުރިކަމަށެވެ. 

ދިފާއަކަށް ދޮން ދަރިއެއް ނުހުންނަ ކަމަށް ބުނެ ޝާހިދު ކޯޓުގައި ދޮގު ހަދާފައިވާއިރު، ޒިފްލީނާ އަދި ޝާހިދު ރާއްޖެއިން ބޭރުގައި ކައިވެނިކޮށްގެން އުޅޭކަމަށް މީގެ ކުރިން ހަބަރުތައް ފެތުރިފައިވެއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ވާހަކައެއް ޝާހިދުގެ ފަރާތުން ދޮގުކޮށްފައި ނުވެއެވެ. 

އަދި ޝާހިދު ހައްޔަރުކޮށްފައި ވަނީވެސް ޒިފްލީނާ އާއި ޝާހިދު ދިރިއުޅެމުން އަންނަ އެޕާޓްމަންޓުން ކަން މައުލޫމާތު ލިބެއެވެ.  

ހައިކޯޓުން މި މައްސަލާގައި އިއްވި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރަނގަޅު ކަމަށް ނިންމާފައެވެ. 

ކޮމެންޓް 0