ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

މި މުބާރާތުގައި ރާއްޖެ ހިމެނުނީ ވަރުގަދަ އިންޑިއާއާއި ޕާކިސްތާނާއެކު ގްރޫޕް ބީގަ

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް 2026 ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމު، އެ ގައުމަށް ފުރައިފިއެވެ.

މި މަހު 5 އިން 17 އަށް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެ ހިމެނޭހެން މުޅިއެކު ހަ ޓީމު ވާދަކުރާނެއެވެ.

މިއަދު މެންދުރު ރާއްޖޭގެ ޓީމު ފުރިއިރު، މުބާރާތަށް ތައްޔާރުވުމަށް އިންޑޮނޭޝިއާގައި ކޭމްޕްކުރުމަށްފަހު އެނބުރިއައިސް ސްކޮޑު ވަނީ 23 ކުޅުންތެރިންނަށް މަދުކޮށްފައެވެ. މި ކޭމްޕަށް ދިޔަ ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ ސްކޮޑުން ޖާގަ ގެއްލުނީ ޠާއިފް ޤާސިމަށެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނުނީ ވަރުގަދަ އިންޑިއާއާއި ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ.

މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 8 ވާ އާދީއްތަ ދުވަހު ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއަށްފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޮވެންބަރު 11 ވާ ބުދަ ދުވަހު ނިކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، އިންޑިއާ އާ ދެކޮޅަށެވެ. 

މިއީ ބަންގްލަދޭޝްގައި މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. އެ ޤައުމުގައި ބޭއްވީ ތިން ފަހަރުވެސް ރާއްޖޭން ވަނީ އެ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. އޭގެތެރެއިން، އެންމެ ފަހުން 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

މި މުބާރާތް އެންމެ ފަހުން ބޭއްވީ 2023 ގައެވެ. އެ ފަހަރު އަމިއްލަ ޤައުމުގައި ކުޅެ، އިންޑިއާ އިން ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތުގައި މި ސަރަހައްދުގެ ޤައުމުތަކުގެ އިތުރުން ކުވެއިތާއި ލުބްނާން ވަނީ ކުޅެފައެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް އިންޑިއާއެވެ. އިންޑިއާ އިން ވަނީ މުޅިއެކު ނުވަ ފަހަރު ތަށި އުފުލާލައިފައެވެ.

ދިވެހި ގައުމީ ޓީމުގެ ސްކޮޑު:

ގޯލްކީޕަރުން: ހުސައިން ޝަރީފް (މާޒިޔާ)، މުޙައްމަދު ޝަފީއު (ވިކްޓްރީ)، މުޙައްމަދު އަޝްވާން (އޮޑި ސްޕޯޓްސް)؛

ޑިފެންޑަރުން: ސަމޫހު އަލީ (މާޒިޔާ)، ހަސަން އީނާޒް (ޓީސީ)، ހުސައިން ޝިފާއު ޔޫސުފް (ވިކްޓްރީ)، އަހުމަދު އައިހަމް (އޮޑި)، އަމްދާން އަލީ (ނިއު ރޭޑިއަންޓް)، އަހުމަދު މާއިޝް ރަޝީދު (ވިކްޓްރީ)؛

މިޑްފީލްޑަރުން: އަހުމަދު އައިހަމް (މާޒިޔާ)، އިބްރާހިމް ވަހީދު ޙަސަން (އޮޑި)، އިބްރާހިމް އައިސަމް (މާޒިޔާ)، ނިޝާމް މުޙައްމަދު ރަޝީދު (މާޒިޔާ)، އަހްޒަމް ރަޝީދު (އޮޑި)، އީތަން އިބްރާހީމް ޒަކީ (ނިއު ރޭޑިއަންޓް)، އަލީ ހަމްދާން (ބުރު)؛

ފޯވާޑުން: އިބްރާހިމް މަހުދީ ހުސައިން (މާޒިޔާ)، ނައްސާހު އިބްރާހީމް ނާސިރު (މާޒިޔާ)، ނާއިޒް ޙަސަން (ވިކްޓްރީ)، އަލީ ފާސިރު (ނިއު ރޭޑިއަންޓް)، މުޙައްމަދު ނާއިމް (ނިއު ރޭޑިއަންޓް)، މުޒްދާން ޙަސަން (އޮޑި)، ޢަބްދުﷲ ލޫތު އިބްރާހީމް (މާޒިޔާ).

ގައުމީ ފުޓްބޯޅަ ޓީމުސާފް ޗެމްޕިއަންޝިޕް 2026ގައުމީ ޓީމުރާއްޖެ ފުޓްބޯޅަ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0