އެފްއޭއެމް ވިމެންސް ލީގު މިއަދު ހަވީރު ފަށަނީ

މިއަދުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 3 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހެންވޭރު ދަނޑުގަ

މިދިޔަ އަހަރުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މިދިޔަ އަހަރުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތް ކަމަށްވާ، "އެފްއޭއެމް ވިމެންސް ލީގު 2026" މިއަދު ހަވީރު ފެށުމަށް ހަމަޖެހިއްޖެއެވެ.

މިއަދުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 3 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ހެންވޭރު ދަނޑުގައެވެ.

މި ފަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާއިރު، އެއީ؛ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، ދަ ގްރާންޑޭ އަދި އެމްއެސް މޭޓްސްއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ މާޒިޔާއާ އެމްއެސް މޭޓްސްއެވެ. މި މެޗު ފަށާނީ ހަވީރު 4 ޖަހާއިރުއެވެ. މިރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ނިކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

އެގާރަ އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު ބޭއްވީ މުބާރާތުގައި ހަ ޓީމަކުން ވާދަކުރިއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. 

އެފްއޭއެމްއެފްއޭއެމް ވިމެންސް ލީގުއަންހެން ފުޓްބޯޅަފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކޮމެންޓް 0