މި ސަރުކާރުގައި ޑޮލަރު ތިޔާގިވާނެ، އާފަލާއި އޮރެންޖު ވެސް ހިލޭ ބަހާނެ: ޝާހިދު

މި ސަރުކާރުގައި ޑޮލަރު ތިޔާގިވާނެ، އާފަލާއި އޮރެންޖު ވެސް ހިލޭ ބަހާނެ: ޝާހިދު

މި ސަރުކާރުން ރާއްޖެއަށް ޑޮލަރު ތިޔާގިވެ، ބޯހިޔާވަހިކަން ފޯރުކޮށްދީ، އާފަލާއި އޮރެންޖު ވެސް ހިލޭ ބަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވައި، ޑޮލަރު އަގުބޮޑުވާ މައްސަލައަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، “މި ސަރުކާރުން ރާއްޖެއަށް ޑޮލަރު ވެސް ތިޔާގިވާނެ. މި ރާއްޖެއަށް ބޯހިޔާވަހިކަން ވެސް ގެންނާނަން. މި ރާއްޖެއަށް އާފަލާއި އޮރެންޖު ވެސް ގެންނާނަން. ހިލޭ ވެސް ބަހާނަން. އެހާ ވެސް އަގުހެޔޮވާނެ. ކުރިއަށް އޮތް ތަނުގައި ހިލޭ ވެސް ބަހާނެ. އެހާ ވެސް އަގުހެޔޮވާނެ.” ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އިދިކޮޅު މެންބަރުންނަށް ވެސް ޝާހިދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އެ މައްސަލައަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން އަމިއްލައަށް މަޝްހޫރުވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހަމައެއާއެކު، ރާއްޖޭގައި ތަކެތީގެ އަގު އުފުލެމުންދާ ސަބަބަށް ވެސް މެންބަރު ޝާހިދު އަލިއަޅުއްވައިލެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ތަކެތީގެ އަގުބޮޑުވަނީ މެދުއިރުމަތިން ގެންނަ ކާގޯގެ ފްރައިޓް އަގުބޮޑުވުމުގެ ސަބަބުންނެވެ.

ހުޅުދޫމަޖިލިސްމުހައްމަދު ޝާހިދު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0