ސަތޭކަ ދުވަހުން އަޅަން ބުނި އައްޑޫ ބްރިޖުގެ ވާހަކަ ބަޖެޓަކު ނެތް: ސޯބެ

މަޖިލީހުގެ ޖަލްސާއެއްގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުالله ޞާދިޤު ވާހަކަ ދައްކަވަނީ.
މަޖިލީހުގެ ޖަލްސާއެއްގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުالله ޞާދިޤު ވާހަކަ ދައްކަވަނީ.

ސަތޭކަ ދުވަސްތެރޭގައި އަޅަން ވިދާޅުވެފައިވާ އައްޑޫސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ވާހަކައެއް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުالله ޞާދިޤު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ މިހެން ވިދާޅުވީ، 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.

ސޯބެ ވަނީ، އައްޑޫގެ ބްރިޖުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދައުލަތުގެ މާލިއްޔަތު ތަންނުދޭ ކަމަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.

"ދައުލަތުގެ ބަޖެޓަކީ މި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ، ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ އެންމެ މުހިންމު އެއް ގާނޫނީ ލިޔުން،" ސޯބެ ވިދާޅުވިއެވެ.

ރަށްރަށުގެ ވަކިވަކި މަޝްރޫއުތަކަށް ކަނޑައެޅިފައިވަނީ ކިހާވަރެއްކަން އަންނަ އަހަރުގެ ބަޖެޓުގައި ސާފުކޮށް، އެނގެން ނެތްކަން ފާހަގަކުރައްވަމުން މެންބަރު ވަނީ، 2027 ވަނަ އަހަރުގެ ބަޖެޓަކީ ސިއްރު، ވަންހަނާ ބަޖެޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލަން އަޅަން ނިންމާފައިވާ ބުރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް މިސްރުގެ ކުންފުންޏެއްކަމަށްވާ "ދި އަރަބް ކޮންޓްރެކްޓަރސް"އާ ހަވާލުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. ހިތަދޫއާއި ހުޅުމީދޫ ގުޅާލާ ބްރިޖަކީ ކޯޒްވޭ ހިމެނޭހެން 14-15 ކިލޯމިޓަރުގެ ބްރިޖެކެވެ. ސަރުކާރުގެ އަމާޒަކީ މިދައުރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމުމެވެ.     

އައްޑޫ ސިޓީއައްޑޫމަޖިލިސްރައްޔިތުންގެ މަޖިލިސްސޯބެ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0