އައްޑޫ ޕޮލިސް ފުޓްސަލް ކަޕް 2026ގެ ޗެމްޕިއަންކަން ޕޮލިސް ކޮލެޖަށް

އްޑޫ ޕޮލިސް ފުޓްސަލް ކަޕް 2026ގެ ޗެމްޕިއަންކަން ހޯދި ނެޝެނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ޓީމް.
އްޑޫ ޕޮލިސް ފުޓްސަލް ކަޕް 2026ގެ ޗެމްޕިއަންކަން ހޯދި ނެޝެނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ޓީމް.

އައްޑޫ ސިޓީގެ ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "އައްޑޫ ޕޮލިސް ފުޓްސަލް ކަޕް 2026" ނެޝެނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ޓީމުން ކާމިޔާބުކޮށްފިއެވެ.

މި މަހުގެ 1 އިން 11 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ، ސްޕެޝަލް ކޮންސްޓަބިއުލަރީ މެނޭޖްމަންޓް ޔުނިޓް (ކްލަބް އެސްސީ) އާއި ބައްދަލުކޮށް 1-2 އިން މޮޅުވެގެންނެވެ.

ރޭގެ މެޗުގައި އެންސީޕީއެލްއީިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ އަރުޝަދު ޙަސަން އާއި މުޙައްމަދު ރިޒްނީހެވެ. ކްލަބް އެސްސީގެ ހަމައެކަނި ލަނޑުޖަހައިދިނީ އަލީ އީމާން ޒާހިރެވެ.   

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެންސީޕީއެލްއީގެ މުހައްމަދު ރިޒްނީހެވެ. އޭނާ ވަނީ މުބާރާތުގައި 7 ގޯލު ކާމިޔާބުކޮށްފައެވެ.

މުޅިއެކު ފަސް ޓީމުގެ މެދުގައި ކުރިއަށްދިޔަ މުބާރާތުގައި ބައިވެރިވީ ޓީމުތަކަކީ؛ ކްލަބް އެސްސީއާއި އެންސީޕީއެލްއީގެ އިތުރުން ހިތަދޫ ޕޮލިސް ޓީމާއި، ގަން ޕޮލިސް ޓީމުގެ އިތުރުން ހުޅުމީދޫ ޕޮލިހެވެ.

މުބާރާތުގެ ފުރަތަމަ ބުރު ލީގު އުސޫލުން ކުޅެވިގެންދިޔައިރު، ހުރިހާ މެޗެއް ކާމިޔާބުކުރީ ހިތަދޫ ޕޮލިސް ޓީމެވެ. އެއަށްފަހު، މުބާރާތުގެ ސެމީގައި ކުޅުނީ ލީގު ބުރުން އެންމެ ކުރިހޯދީ ހަތަރު ޓީމެވެ.

މިއީ އައްޑޫގެ ފުލުހުންގެ ބަހާތަކުގެ މެދުގައި ގުޅުން އާލާކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތަކެވެ.

އައްޑޫ ސިޓީ ޕޮލިސްފުލުހުންކުޅިވަރު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0