ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް ކޯލީޝަން އެއްބަސްވުމުގައި ސޮއިކޮށްފި

ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް ކޯލީޝަން އެއްބަސްވުމުގައި ސޮއިކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް ދެ ޕާޓީން ރަސްމީކޮށް އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. 

މި ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަަހީމް ޢަބްދުالله އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާންއެވެ.

ކޮންގްރެސް ޕާޓީއާ އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު އިއްތިޙާދުވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގަރާރަކުން ކަނޑައަޅާފައި ވަނިކޮށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނެރުއްވި ގަރާރުގައި ވަނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި، ރާއްޖޭގެ މިނިވަނާކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އަގީދާއާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުގައި ތަރައްގީކުރުމަކީ، އަދާލަތު ފާޓީ އުފެދިފައިވާ މައިގަނޑު މަގުސަދަށްވާތީ ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި، ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް، ގުޅިގެން މަސައްކަތްކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ދެކޭ ކަމަަށެވެ.

ޕީއެންސީކޮންގްރެސް ޕާޓީއަދާލަތު ޕާޓީރިޔާސީ އިންތިހާބު 2028
ގުޅުންހުރި ޚަބަރު
ކޮމެންޓް 0