ހުޅުދޫގައި އެއިޑްސް ދުވަސް ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ސާފު ކުރުމުގެ ހަރަކާތެއް މާދަމާ

ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ ހުޅުދޫ ޕޮލިސް ގްރައުންޑް ސަރަހައްދުގައި.

އައްޑޫ ހުޅުދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ފައިލް ފޮޓޯ: ދައުރު
އައްޑޫ ހުޅުދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ފައިލް ފޮޓޯ: ދައުރު

ދުނިޔޭގެ އެއިޑްސް ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ސާފުކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ހުޅުދޫ ކައުންސިލުން، އާންމު ރައްޔިތުންނަށް ދައުވަތު ދީފިއެވެ. 

ކައުންސިލުން ބުނީ، މިއީ މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.

މި ހަރަކާތްތައް އޮންނާނީ ޕޮލިސް ގްރައުންޑް ސަރަހައްދުގައި ކަމަށް އެ ކައުންސިލުން ބުންޏެވެ. 

އަދި މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ކަމަށްވެސް ހުޅުދޫ ކައުންސިލްގެ އިދާރާއިން ބުނެފައިވެއެވެ.

މީގެއިތުރުން، ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށް އަންނައިރު، ވަޅި، ކަތިވަޅި، ކުނިކަހާ ދަތި ފަދަ ތަކެތި ހިފައިގެން އައުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހަރަކާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހުޅުދޫ ކައުންސިލްގެ ފޯނު ނަންބަރު 6894728 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ ހުޅުދޫހުޅުދޫ ކައުންސިލްދުނިޔޭގެ އެއިޑްސް ދުވަސްހުޅުދޫ ކައުންސިލްގެ އިދާރާ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0