އެޗްއާރްސީއެމް އިން އައްޑޫ މީދޫ ކައުންސިލާ ބައްދަލުކޮށްފި
މި ބައްދަލުވުމުގައި މީދޫގެ ރައްޔިތުންނަށް ކުރިމަތިވާ ކަންކަމާއި އިންސާނީ ހައްގުތައް ކުރިއެރުވުމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށްފައިވޭ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އައްޑޫ ސިޓީއަށް ކުރަމުންދާ ދަތުރުގެ ތެރެއިން،
އައްޑޫ މީދޫ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
އައްޑޫ މީދޫ ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި އެޗްއާރްސީއެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާގެ އިތުރުން ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި އެ ކޮމިޝަންގެ އެހެން މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރުގެ އިތުރުން ނައިބު ރައީސް އަމީން ހާނީ އަދި އެހެނިހެން މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން، ލޯކަލް ކައުންސިލްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށާއި، އައްޑޫ މީދޫގެ ރައްޔިތުންނަށް ކުރިމަތިވާ އެކި ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވެއެވެ.