އައްޑޫ މީދޫ ކައުންސިލުން ކުރިއަށްގެންދިޔަ "އައްޑޫ މީދޫ ވެޓަރަންސް ވޮލީބޯލް ޓޯނަމަންޓް" ގެ ޗެމްޕިއަންކަން ނެޓް ކިންގްސް އިން ހޯދައިފިއެވެ.
ނެޓްކިންގްސް އިން މި މުބާރާތް ކާމިޔާބުކޮށްފައިމިވަނީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކުއެވެ.

އައްޑޫ މީދޫ ސްޕޯޓްސް އެރީނާގައި ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި އަޔަން ފައިޓާސްގެ މައްޗަށް ނެޓްކިންގްސް ކުރިހޯދީ 3-2 ސެޓުންނެވެ.
މުބާރާތުގައި މީގެކުރީން މި ދެ ޓީމު ބައްދަލުކުރި މެޗާ ހިލާފަށް ވާދަވެރިކޮށް، ފެނުނު ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓު 25-16 ގެ ތަފާތަކުން އަޔަން ފައިޓާސް ގެންގޮސްފައިވަނިކޮށް، ނެޓްކިންގްސް ވަނީ ދެންޖެހިގެންއައި ސެޓުތައް 25-17، އާއި 25-21 އިން ކާމިޔާބުކޮށް ފައިނަލް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިފައެވެ.
އެހެންނަމަވެސް، ދެންޖެހިގެންއައި ސެޓުގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު 28-26 އިން ކުރިހޯދައި، އަޔަން ފައިޓާސްއިން ނަތީޖާ ހަމަހަމަކުރިއެވެ. ދެން ކުޅެވުނު ފަސްވަނަ ސެޓުގައި ވަރަށް ފަސޭހަކަމާއެކު ނެޓްކިންގްސް ވަނީ 15-04 އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނެޓްކިންގްސްގެ މުޙައްމަދު ނިޒާރެވެ.
މިމަހުގެ 11 އިން 20 ގެ ނިޔަލަށް ބޭއްވީ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރިއެވެ. އެއީ، ނެޓް ކިންގްސްއާއި އަޔަން ފައިޓާސްގެ އިތުރުން ސްޕައިކް ފޯސް އަދި ވޮލީ ޓައިޓަންސްއެވެ.