އެމްޑަބްލިއުއެސްސީގެ ފަރާތުން އައްޑޫ ހުޅުދޫ އަދި މީދޫގައި ދޮރުން ދޮރަށް ހަރަކާތެއް

ރައްޔިތުންގެ ހިޔާލު ހޯދައި ހިދުމަތްތަކާ ގުޅޭ ބޭނުންތައް ދެނެގަތުމަށް އެ ކުންފުނީގެ ޓީމުން ކުރިއަށްގެންދިޔަ ހަރަކާތެއް

އެމްޑަބްލިއުއެސްސީގެ ފަރާތުން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން.
އެމްޑަބްލިއުއެސްސީގެ ފަރާތުން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން.

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން އައްޑޫ ހުޅުދޫ އަދި މީދޫގައި ދޮރުން ދޮރަށް ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މި ހަރަކާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ، އެ ކުންފުނީގެ ޓީމާ ގުޅިވަޑައިގެން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ގޭބިސީތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ.

މި ޒިޔާރަތްތަކުގެ ތެރެއިން އެމްޑީ ފަހުމީއާއި އެމްޑަބްލިއުއެސްސީގެ ޓީމުން ވަނީ އެ ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކާފައެވެ. އަދި ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައި، ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ބޭނުންވާ ކަންކަން ވަނީ ދެނެގަނެފައެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި، މި ޒިޔާރަތްތަކުން ދައްކުވައިދެނީ ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ކުންފުނިން އަހައްމިޔަތުކަން ދޭ މިންވަރެވެ.

އަދި އެ ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ މުޖުތަމައުތަކަށް އިތުބާރުހުރި އަސާސީ ހިދުމަތްތަކެއް ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ވެސް މި ހަރަކާތުން ހާމަވެގެންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ މީދޫއައްޑޫ ހުޅުދޫއެމްޑަބްލިއުއެސްސީމޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0