އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ދަރިވަރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތް ކޮށްފި

މި ޒިޔާރަތުގެ ތެރެއިން ސިނާއީ މަސައްކަތްތައް ހިނގާ ގޮތާއި މަސައްކަތުގެ މާހައުލުގެ އުސޫލުތައް ދަސްކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދިޔަ

އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ދަރިވަރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތް ކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ހިތަދޫ ކެމްޕަހުގައި ތަޢުލީމު ހާސިލުކުރަމުންދާ އޭސީއެމް ދެވަނަ ސެމިސްޓަރގެ ދަރިވަރުން، ސ. ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)އަށް ޒިޔާރަތް ކޮށްފިއެވެ.

އެ ކެމްޕަހުން މައުލޫމާތު ދެއްވި ގޮތުގައި، މި ދަތުރަކީ ސިނާއީ މަސައްކަތްތައް ހިންގުމުގެ އޮނިގަނޑާއި، މަސައްކަތުގެ މާހައުލުގައި ޢަމަލުކުރަމުންދާ މިންގަނޑުތަކާއި އުސޫލުތަކާ ގުޅޭގޮތުން އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ދަތުރެކެވެ.

މި ޒިޔާރަތުގައި، އޭއެފްސީގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، އެ ތަނުގެ އޮޕަރޭޝަނަލް ނިޒާމު ރޭވިފައިވާ ގޮތް ދަރިވަރުން ވަނީ ބަލައި ދިރާސާކޮށްފައެވެ. އަދި އެ ކޮމްޕްލެކްސްގައި ބޭނުންކުރާ ޒަމާނީ މެޝިނަރީތަކާއި ވަސީލަތްތައް މަސައްކަތްކުރާ ގޮތް އަމަލީގޮތުން ދެނެގަތުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ލިބިގެންދިޔައެވެ.

މީގެއިތުރުން، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، ހިންގުން ހަރުދަނާކުރުމަށްޓަކައި ބޭނުންވާ އިދާރީ އެހީތެރިކަމާ ގުޅޭގޮތުން އަގުހުރި މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.

ދަރިވަރުންނަށް މިފަދަ ބޭނުންތެރި ފުރުޞަތެއް ފަހިކޮށްދެއްވައި، އެ ކޮމްޕްލެކްސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި ފުރިހަމަ މެހެމާންދާރީ ފާހަގަކޮށް، އެމްއެންޔޫ ހިތަދޫ ކެމްޕަހުން ވަނީ އޭއެފްސީގެ ޓީމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

އައްޑޫ ސިޓީއައްޑޫއެމްއެންޔޫދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއޭއެފްސީއައްޑޫ ހުޅުމީދޫއެމްއެންޔޫ ހިތަދޫ ކެމްޕަސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0