މިލީނިއަމް ފެލޯޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 30.

އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ބައެއް ދަރިވަރުން. ފޮޓޯ: އެމްއެންޔޫ ހިތަދޫ ކެމްޕަސް
އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ބައެއް ދަރިވަރުން. ފޮޓޯ: އެމްއެންޔޫ ހިތަދޫ ކެމްޕަސް

ދެހާސް ހަތާވީސް ވަނަ އަހަރުގެ މިލީނިއަމް ފެލޯޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ޔުނައިޓެޑް ނޭޝަންސް އެކަޑެމިކް އިމްޕެކްޓް (ޔޫއެންއޭއައި) އާއި މިލީނިއަމް ކެމްޕަސް ނެޓްވޯކް (އެމްސީއެން) އިން އިއުލާންކޮށްފިއެވެ. 

އެމްއެންޔޫ ހިތަދޫ ކެމްޕަހުން ބުނީ، މި ފުރުސަތު ހުޅުވާލާފައިވަނީ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށެވެ.

ޔޫއެންއޭއައި އާއި އެމްސީއެން ގުޅިގެން ކުރިއަށްގެންދާ މިލީނިއަމް ފެލޯޝިޕަކީ ދަރިވަރުންގެ ލީޑަޝިޕް ހުނަރު ތަރައްގީކޮށް، މުޖުތަމައަށް ފައިދާހުރި ބަދަލުތަކެއް ގެނައުމަށް އެހީތެރިވެދޭ އެއް ސެމިސްޓަރުގެ ޕްރޮގްރާމެކެވެ.

ދަރިވަރުންނަށާއި ޔުނިވާސިޓީތަކަށް އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ ބައިވެރިވެވޭ މި ފެލޯޝިޕްގެ ދަށުން، ދެމެހެއްޓެނިވި ތަރައްގީއާއި ތަޢުލީމާއި ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުން ދަރިވަރުންގެ ހިޔާލުތައް އަމަލީ މަޝްރޫއުތަކަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބެއެވެ. 

އަދި މި ޕްރޮގްރާމުގެ ތެރެއިން އަމަލީ ތަޖުރިބާއާއި ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނުތައް ހޯދުމުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނާ ގުޅުން ގާއިމުކޮށް، ތިމާ ކިޔަވާ ކެމްޕަހަށާއި މުޖުތަމައަށް ހިދުމަތްކުރުމުގެ މަގު ތަނަވަސްވެގެންދެއެވެ.

މި ފެލޯޝިޕްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ކުރިއަށް އޮތް ޕްރަޔޮރިޓީ ސުންގަޑިއަކީ އަންނަ ހޯމަ ދުވަސް ކަމަށްވާ 30 ނޮވެންބަރު 2026 ގެ ރޭގަނޑު 11:59 (އީޓީ ގަޑިން) އެވެ. 

މި ޕްރޮގްރާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ދަރިވަރުންނަށް މިލީނިއަމް ފެލޯޝިޕްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އައްޑޫ ސިޓީއައްޑޫ ހިތަދޫއެމްއެންޔޫ ހިތަދޫ ކެމްޕަސްމިލީނިއަމް ފެލޯޝިޕްޔުނިވަރސިޓީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0