އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް
މަސައްކަތު މާހައުލުގައި އުފެއްދުންތެރިކަން އިތުރުކުރުމާއި ވަގުތު ހަރުދަނާ ގޮތެއްގައި ބޭނުންކުރާނެ ގޮތްތައް މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ކިޔައިދީފައިވޭ
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމާ ގުޅޭ ތަމްރީނު ސެޝަނެއް އެމްއެންޔޫ ބިޒްނަސް ސްކޫލް އިން ކުރިއަށްގެންގޮސްފިއެވެ.
މި ސެޝަންގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނަށް މައުލޫމތު ދެއްވީ އެމްއެންޔޫ
ބިޒްނަސް ސްކޫލްގެ ސީނިއާ ލެކްޗަރާ އިދްހާމް ފަހުމީ އަދި ލެކްޗަރާ ފާތިމަތު ނޫރުންނިސާ އެވެ.
މި ތަމްރީނު ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަސައްކަތު މާހައުލުގައި އުފެއްދުންތެރިކަން އިތުރުކުރެވޭނެ އަމަލީ ގޮތްތަކުގެ މައްޗަށެވެ.
މީގެ އިތުރުން، ހަރުދަނާ ގޮތެއްގައި ވަގުތު ބޭނުންކުރާނެ ގޮތްތަކާއި، ބޭކާރު ގޮތުގައި ވަގުތު ގެއްލިގެންދާ ދިއުން މަދުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މުވައްޒަފުންނަށް މައުލޫމާތު ދީފައިވެއެވެ.
އަދި މަސައްކަތު މާހައުލުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ނުވަތަ ޓީމްވޯކް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަން ވެސް މި ސެޝަންގެ ތެރެއިން ކިޔައިދީފައިވެއެވެ.
މި ސެޝަން ކުރިއަށްގެންދިއުމުގައި
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ބައިވެރިވުން ފާހަގަކޮށް، އެމްއެންޔޫ ބިޒްނަސް ސްކޫލުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.