އައްޑޫގައި ސޯލާ ޕެނަލް ހަރުކުރަން ޕާކިސްތާނުން ފައިސާގެ އެހީއެއް

މިއީ އައްޑޫ ސިޓީ ކައުންސިލާއި ޒުވާނުންގެ މަރުކަޒުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއަށް ޕާކިސްތާނުން ދީފައިވާ އެހީއެއް.

އައްޑޫގައި ސޯލާ ޕެނަލް ހަރުކުރަން ޕާކިސްތާނުން ފައިސާގެ އެހީއެއް

އައްޑޫ ސިޓީގައި ސޯލާ ޕެނަލް ހަރުކުރަން ޕާކިސްތާނުގެ ސަރުކާރުން ފައިސާގެ އެހީއެއް ދީފިއެވެ.

އެގޮތުން، މި އެހީގެ ޗެކް، ހަވާލުކޮށްދެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފީސަލް ރަސޫލް ލޯދީއެވެ. މި އެހީގެ ޗެކް ހަވާލުކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރާއި އެ ސިޓީގެ ވަފުދެއް ސަފީރު ފީސަލް ރަސޫލް ލޯދީގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ. 

މި އެހީ ދީފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ޒުވާނުންގެ މަރުކަޒުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއަށް އެއްބާރުލުން ދިނުމަށެވެ.

އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލުގެ އޮފިޝަލުންނާއި ޕާކިސްތާން ހައިކޮމިޝަންގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ. އައްޑޫ ސިޓީގެ ވަފުދާ މި އެހީގެ ޗެކް ހަވާލުކުރެއްވީ، ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން ދައްކުވައިދިނުމުގެ ގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވަނީ ޕާކިސްތާނުގެ ސަރުކާރުން ފޯރުކޮށްދިން މި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. 

މީގެ އިތުރުން، ދެ ގައުމުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް ގުޅިގެން މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

އައްޑޫ ސިޓީ ކައުންސިލްއައްޑޫ ސިޓީއައްޑޫޕާކިސްތާންސޯލާ ޕެނަލްޕާކިސްތާން ސަފީރު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0