ކަނޑަށް ގެއްލުނު މިންހާޖް މަރުވެފައިވާ ކަމަށް ހިތަދޫ ކޯޓުން ނިންމައިފި

އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓު. ފޮޓޯ: ޓައިމްސް އޮފް އައްޑޫ
އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓު. ފޮޓޯ: ޓައިމްސް އޮފް އައްޑޫ

މީގެ ހަތަރު އަހަރުކުރީން، ކަނޑަށް ގެއްލިފައިވާ ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖް މަރުވެފައިވާ ކަމަށް އައްޑޫ ހިތަދޫ ކޯޓުން ކަނޑައަޅައިފިއެވެ.

މިންހާޖް ގެއްލިފައިވަނީ އޮކްޓޫބަރު 5، 2022 ގައި މާލެއިން ފުރައިގެން އއ. އުކުޅަހަށް ދިއުމަށްޓަކައި ޓްރާންސް ސެކުއަރ ލޯންޗު ދަތުރުކުރަމުންދަނިކޮށް އެ ލޯންޗު ބަންޑުން ޖަހާލި ހާދިސާގައެވެ.

އެ ލޯންޗު ދަތުރުކުރަމުންދިޔައިރު، މިންހާޖު ހިމެނޭހެން ދެ މީހަކު އޭގައި ތިއްބެވެ.

ލޯންޗުން މިންހާޖާއެކު ދަތުރުކުރި ޅ. ހިންނަވަރު، އަލީ މުހައްމަދު ވަނީ އއ. ފެރިދޫ ފުއްޓަރާ ދިމާލުން ފެނިފައެވެ.  

މިންހާޖް ހޯދުމަށް އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓާއި ކޯސްޓްގާޑްގެ ލޯންޗުން 96 ގަޑިއިރު ވަންދެން ހިންގި އޮޕަރޭޝަން ހުއްޓާލީ، އޭރު ކުރި މަސައްކަތުން އޭނާ ފެނިފައިނުވާތީ އަދި ދިރިހުއްޓާ ފެނުމުގެ އުންމީދު ނެތުމުން އެ ފަރާތުން މައުލޫމާތުދީފައިވެއެވެ.

ގެއްލޭ މީހުން ވަކި މުއްދަތެއްގެ ތެރޭގައި ނުފެންނަ ނަމަ އެއީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމުގެ ބާރު އިސްލާމީ ޝަރީއަތުން ކޯޓުތަކެއް ދީފައިވެއެވެ. އެގޮތުން، ފެތުނު އުޅަނދަކުން ގެއްލުން ފަދަ ހާލަތެއްގައި އެމީހަކު މަރުވި ކަމަށް ނިންމުމަށް ހަތަރު އަހަރު ވަންދެން އިންތިޒާރު ކުރުމަށްފަހު މަރުވެއްޖެ ކަމަށް ކަނޑައެޅިދާނެއެވެ. މިއީ އެފަދަ ކަމަކަށް އިންތިޒާރު ކުރަންޖެހޭނެ އެންމެ ދިގު މުއްދަތެވެ.

ހިތަދޫން ކޯޓުން ނިންމި ނިންމުމާ ގުޅޭގޮތުން މައްސަލައިގެ ހުލާސާގެ ގޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިންހާޖު މަރުވެފައިވާކަން ކަނޑައަޅާފައިވަނީ، އޭނާގެ އާއިލާގެ ފަރާތުން އެކަމަށް އެދި ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހުއެވެ.

މިންހާޖްގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައި އޮންނާނެއެވެ.  

އައްޑޫ ސިޓީއައްޑޫހިތަދޫއައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0