މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ޝަބާބަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ޝަބާބަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ސ. ހިތަދޫ / ގުލްދަމްގެ، ޢާއިޝަތު ޝަބާބު ހާސިލްކުރައްވައިފިއެވެ.

ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ޝަބާބަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޝަބާބަށް އެ އިނާމު ދެއްވާފައިވަނީ، މެލޭޝިއާގެ ސަންވޭ ޔުނިވަރސިޓީއިން 2025 ވަނަ އަހަރު މާސްޓަރ އިން ޕަބްލިކް ޕޮލިސީ ކޯސް ފުރިހަމަކުރައްވައި، އެންމެ މަތީ ދަރައިޖައިގައި ފާސްވެ ކޯހުން އެއްވަނަ ހާސިލްކުރައްވާފައިވާތީއެވެ.

ޝަބާބް މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ، ސޯޝަލް ޕޮލިސީ އެންޑް ރިސަރޗްގެ މަގާމުގައެވެ.

ހާއްސަ އިނާމަކީ، އިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ގައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ހާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ ހިތަދޫމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުޢާއިޝަތު ޝަބާބު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0