މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފޭދޫ މީހަކު ބަންދަށް

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ސީނެއްގައި ހަރަކާތްތެރިވަނީ. ފޮޓޯ: ޕޮލިސް މީޑިޔާ
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ސީނެއްގައި ހަރަކާތްތެރިވަނީ. ފޮޓޯ: ޕޮލިސް މީޑިޔާ

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ފޭދޫ މީހަކު ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ. 

ފޭދޫއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ފިރިހެން މީހާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ކްރިމިނަލް ކޯޓުންނެވެ. 

އޭނާ 15 ދުވަހަށް ބަންދުކުރުމަށް ނިންމި އިރު އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރުމުގެ ތުހުމަތެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކުރި މީހާ ވަނީ ޝަރީޢަތުގައި އެއީ އޭނާ ބޭނުންކުރަން ގެންގުޅުނު މަސްތުވާތަކެތި ކަމަށް އިއުތިރާފްވެފައެވެ. 

ކޯޓުން ނެރެފައިވާ އަމުރަށް ބަލާއިރު ތުހުމަތުކުރެވޭ މީހާގެ ކުޑަކަމުދާތަކެތި ނަގައި ތަހުލީލުކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވެއެވެ.

މަސްތުވާތަކެތިކުށްކުރުންސ.ފޭދޫ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0