މަސްތުވާތަކެއްޗާ އެކު ހިތަދޫ މީހަކު ހައްޔަރުކޮށްފި

ޔޫރިން ނެގެޓިވްވި ނަމަވެސް ފެނުނު ތަކެއްޗަކީ އަމިއްލައަށް ބޭނުންކުރާ އެއްޗެހި ކަމަށް އޭނާ ބުނޭ

މަސްތުވާތަކެއްޗާ އެކު ހިތަދޫ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހިތަދޫ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. 

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވީ އެ ކޯޓުގެ ގާޒީ އިހުސާންއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މި މީހާ ހައްޔަރުކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ. 

ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި އަޑުއެހުމުގައި، ހައްޔަރުކުރިއިރު ފެނުނު ތަކެއްޗަކީ އޭނާ ބޭނުންކުރާ ތަކެތި ކަމަށް އެ މީހާ ވަނީ ބުނެފައެވެ. އޭނާ އެފަދައިން ބުނި ނަމަވެސް، މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށް ނެގި އޭނާގެ ޔޫރިން ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ. މި ނަތީޖާއާއި އޭނާގެ ބަސްތަކަށް ރިއާޔަތްކުރުމަށްފަހު، ކޯޓުން ނިންމީ ތަހުގީގަށް އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.


ޕޮލިސްހިތަދޫކުށްކުރުން
ގުޅުންހުރި ޚަބަރު
ކޮމެންޓް 0