އައްޑޫއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 23 އިންސައްތަ ދަށަށް

މި އަހަރު ނިމޭއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޖުމްލަ އަދަދު 2025 ވަނަ އަހަރަށް އަންދާޒާކުރި މިންވަރާ އެއްވަރުވާނެ ކަމަށް ސަރުކާރުން ލަފާކުރޭ.

ރާއްޖެއައި ފަތުރުވެރިންތަކެއް ވެލާނާ އެއަރޕޯޓުގަ. ފޮޓޯ: އެޓޯލް ޓައިމްސް
ރާއްޖެއައި ފަތުރުވެރިންތަކެއް ވެލާނާ އެއަރޕޯޓުގަ. ފޮޓޯ: އެޓޯލް ޓައިމްސް

މިދިޔަ އަހަރާ އަޅައި ބަލާއިރު، މިއަހަރުގެ ނޮވެންބަރު 20 ގެ ނިޔަލަށް އައްޑޫއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވެއްޖެއެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އައްޑޫއަށް 16،878 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރު އައްޑޫއަށް އައި ފަތުރުވެރިންގެ އަދަދުން މިވަނީ 3،908 ފަތުރުވެރިން މަދުވެފައެވެ. މިއަހަރު މިހާތަނަށް އައްޑޫއަށް އައިސްފައިވަނީ 12،970 ފަތުރުވެރިންނެވެ.

މިއީ ދެކުނުގެ ފަތުރުވެރިކަމަށް އުންމީދުކޮށްގެން ތިބި ވިޔަފާރިތަކަށް ކުރިމަތިވި ހީނަރުކަމެކެވެ.

އައްޑޫއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވިއިރު، މުޅި ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމުލަ އަދަދު ވެސް މިދިޔަ އަހަރަށް ވުރެ ވަނީ ދަށްވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރު 19 ގެ ނިޔަލަށް ރާއްޖެއަށް 1،949،413 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގެ ނިޔަލަށް ޒިޔާރަތްކޮށްފައިވަނީ 1،906،152 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 43،261 ފަތުރުވެރިންގެ މަދުވުމެކެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ހުރަސްއެޅި، ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ފޯރި ނަމަވެސް، މިހާރު މި ސިނާއަތް ދަނީ އަލުން ރަނގަޅުވަމުންނެވެ.  

މި އަހަރު ނިމޭއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޖުމްލަ އަދަދު 2025 ވަނަ އަހަރަށް އަންދާޒާކުރި މިންވަރާ އެއްވަރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދާދިފަހުން ވަނީ ވިދާޅުވެފައެވެ.  

އައްޑޫ ސިޓީއައްޑޫފަތުރުވެރިކަންލޯކަލް ޓުއަރިޒަމްފަތުރުވެރިން
ގުޅުންހުރި ޚަބަރު
ކޮމެންޓް 0