ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޔުނައިޓެޑް މައިލޯއަށް

މުބާރާތުގެ ލީގު ޗެމްޕިއަންކަން ޔުނައިޓެޑް މައިލޯގެ އައިޝަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާ ހޯދީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު

ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް މައިލޯގެ އަރީޝާ (ވ) އާއި އަނާލް. ފޮޓޯ: ވީއޭއެމް
ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް މައިލޯގެ އަރީޝާ (ވ) އާއި އަނާލް. ފޮޓޯ: ވީއޭއެމް

ވީއޭއެމް އިން ކުރިއަށްގެންދިޔަ ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ލީގު ޗެމްޕިއަންކަން އައްޑޫ ސިޓީގެ ޔުނައިޓެޑް މައިލޯ ހޯދައިފިއެވެ.

މި މަހުގެ 15 އިން 17 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރިއެވެ. އޭގެތެރޭގައި، އައްޑޫގެ ޔުނައިޓެޑް މައިލޯ އާއި މައިލޯ ސިޓީ ސްޕޯޓްސް ކްލަބު ހިމެނެއެވެ.

މުބާރާތުގެ ލީގު ޗެމްޕިއަންކަން ޔުނައިޓެޑް މައިލޯގެ އައިޝަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާ ހޯދީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކުއެވެ.

މި ދެ ކުޅުންތެރިންގެ ޕެއާ ވަނީ މުބާރާތުގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި އައްޑޫގެ ދެ ކުލަބުގެ މެދުގައި ކުޅުނު 'މައިލޯ' ޑާބީ ހިމެނެއެވެ. މި މެޗުން މައިލޯ ސިޓީގެ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާގެ ޕެއާގެ މައްޗަށް ޔުނައިޓެޑް މައިލޯގެ އަރީޝާ އާއި އަނާލްގެ ޕެއާ ކުރިހޯދީ ސީދާ ދެ ސެޓުންނެވެ.

މި މުބާރާތުގައި އެންމެ ފަހުން ކުޅުނު މި މެޗުގެ ސެޓުތައް ޔުނައިޓެޑް މައިލޯގެ ކުޅުންތެރިން ގެންދިޔައީ 21-18، އާއި 21-17 އިންނެވެ.

އެންމެ ފަހުގެ ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މައިލޯ ސިޓީއަށް މި މުބާރާތުގެ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވުމާއެކު ނިންމާލަން ޖެހުނީ ލީގުގެ ދެވަނައިގައެވެ. ލީގުގެ ތިންވަނަ ލިބުނީ ބީޗް ބޭބީސްގެ ފާތިމަތު ޒީނިޔާ އާއި މާޔާ ޙުސައިން ސޮލާހުގެ ޕެއާއަށެވެ.

އައްޑޫ ސިޓީއައްޑޫވީއޭއެމްޔުނައިޓެޑް މައިލޯވޮލީބޯޅަގައުމީ ބީޗް ވޮލީބޯޅަ ލީގުވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްބީޗް ވޮލީބޯޅަ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0