ޕޮލިސް ކޮލެޖާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް

އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލާއި ނެޝެނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އާ ގުޅިގެން އެ ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، މިއީ އެ އިދާރާގެ ޕަބްލިކް ސަރވިސް ލެވެލް 4 އިން މަތީގެ މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމް ބާއްވާފައިވަނީ މި މަހުގެ 7 ވީ ހޮނިހިރު ދުވަހުއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އެ ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 އަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި އައްޑޫ ސިޓީ ކައުންސިލްގެ 65 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އައްޑޫ ސިޓީ ކައުންސިލްއައްޑޫ ސިޓީއައްޑޫޕޮލިސް ކޮލެޖުއެންސީޕީއެލްއީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0