އައްޑޫ ސިޓީ ކައުންސިލުގައި ގާއިމުކުރި އިންޑިއަން ކޯނާ ކުމާރު ގޯރަވް ހުޅުއްވައިދެއްވައިފި

މި ދަތުރުފުޅުގައި ކައުންސިލަށް ފޮތްތަކެއް ހަދިޔާކުރައްވައި ކައުންސިލާ އެކު ބައްދަލުވުމެއް ވެސް ބާއްވަވައިފި

އައްޑޫ ސިޓީ ކައުންސިލުގައި ގާއިމުކުރި އިންޑިއަން ކޯނާ ކުމާރު ގޯރަވް ހުޅުއްވައިދެއްވައިފި

އައްޑޫ ސިޓީ ކައުންސިލުގައި ގާއިމުކުރި އިންޑިއަން ކޯނާ، ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ކުމާރު ގޯރަވް ހުޅުއްވައިދެއްވައިފިއެވެ. 

މި އިންޑިއަން ކޯނާ އެ މަނިކުފާނު ހުޅުއްވައިދެއްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ. 

މި ރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން ޑެޕިއުޓީ ހައި ކޮމިޝަނަރު ވަނީ އައްޑޫ ސިޓީ ކައުންސިލަށް ފޮތްތަކެއް ވެސް ހަދިޔާކުރައްވާފައެވެ. ނަމަވެސް ހަދިޔާކުރެއްވި ފޮތްތަކުގެ އަދަދާއި އެ ފޮތްތަކުގެ އިތުރު ތަފުސީލެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

މި ޒިޔާރަތުގެ ތެރެއިން ޑެޕިއުޓީ ހައި ކޮމިޝަނަރު ކުމާރު ގޯރަވް ވަނީ އައްޑޫ ސިޓީ ކައުންސިލާ އެކު ބައްދަލުވުމެއް ވެސް ބާއްވައިފަިއވާއިރު ކައުންސިލާއެކު މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.

އައްޑޫ ސިޓީ ކައުންސިލްއައްޑޫ ސިޓީއައްޑޫއިންޑިޔާއިންޑިއާ ހައި ކޮމިޝަން
ގުޅުންހުރި ޚަބަރު
ކޮމެންޓް 0