ޝަރަފުއްދީން ސްކޫލުން "ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ވޯކްޝޮޕް" އެއް ބާއްވައިފިއެވެ.
އެ ސްކޫލުން ބުނި ގޮތުގައި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ބާއްވާފައިވަނީ އަންގާރަ އަދި ބުދަ ދުވަހުއެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ނޮވެންބަރު 17 އަދި 18 ވަނަ ދުވަހު

ޝަރަފުއްދީން ސްކޫލުން "ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ވޯކްޝޮޕް" އެއް ބާއްވައިފިއެވެ.
އެ ސްކޫލުން ބުނި ގޮތުގައި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ބާއްވާފައިވަނީ އަންގާރަ އަދި ބުދަ ދުވަހުއެވެ.
މި ވޯކްޝޮޕުގައި ބައިވެރިވި ބެލެނިވެރިންގެ ފަރާތުން ފެނުނު ސާބިތުކަމާއި، ޝައުގުވެރިކަމުގެ އިތުރުން އަމަލީ ގޮތުން ދެއްކި ބައިވެރިވުމަކީ މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއް ކަމަށް ޝަރަފުއްދީން ސްކޫލުން ފާހަގަކުރިއެވެ. އަދި އާއިލާތައް ބާރުވެރިކުރުވުމަށާއި، ފުރާވަރުގެ ކުދިން އުޖާލާ އަދި ހެޔޮ މުސްތަގުބަލަކަށް ބައްޓަންކުރުމުގައި މިފަދަ ތަމްރީނުތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.
މީގެ އިތުރުން، ޒުވާން ޖީލަށް ކުރިއަރައި ދެވޭނެ ފަދަ ރަނގަޅު، އަޅައިލުންތެރި އަދި އެއްބާރުލުން ލިބޭ މާހައުލެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން އަތުގުޅާލައިގެން މަސައްކަތްކުރުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެ ސްކޫލުން ވަނީ ގޮވާލާފައެވެ.
ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިން ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ (ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް - ޔުނިސެފް) ގުޅިގެން ޖޫން 1، 2022 ގައި ރަސްމީކޮށް ފެށި ޕްރޮގްރާމެކެވެ.