އައްޑޫ ސިޓީ ބެޑްމިންޓަން ފިއެސްޓާގެ ފައިނަލްގައި މައިލޯ ސިޓީއާ އެފްސީ ޒެފިއާ ބައްދަލުކުރާ މެޗު މިރޭ
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ
"އައްޑޫ ސިޓީ ބެޑްމިންޓަން ފިއެސްޓާ 2026" ގެ ފައިނަލުގައި މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި އެފްސީ ޒެފިއާ ބައްދަލުކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ފައިނަލުން
މައިލޯ ސިޓީ
ޖާގަ ހޯދީ އެންމެ ފަހުން ކުޅުނު މެޗުގައި 5-2 އިން އައްޑޫ ބެޑްމިންޓަން ކްލަބު ބަލިކޮށްގެންނެވެ.
މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 7:00 ގައެވެ. މި މެޗު ކުރިއަށްދާނީ
އައްޑޫ ހިތަދު ޔޫތު ސެންޓަރުގެ ބެޑްމިންޓަން އެރީނާގައެވެ.
މި މަހުގެ 3 އިން 10 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ، މުބާރާތުގެ ފައިނަލުގައި ވާދަކުރާ މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި،
އެފްސީ ޒެފިއާގެ އިތުރުން އައްޑޫ ބެޑްމިންޓަން ކްލަބާއި، ޑޮނާ އަދި ފްރެންޑްސް ކްލަބެވެ.
މިއީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫހު އާލާކޮށް އައްޑޫގައި ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތުގެ ތަށި ހޯދުމަށް ދެ ޓީމުންވެސް ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރުވަމުން އަންނައިރު، މި މެޗު ބަލާލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ހާޒިރުވުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.