އައްޑޫ ސިޓީ ކައުންސިލުން ހޯދާ ޚިދުމަތްތަކުގެ ޚަރަދަށް ދުވާލަކަށް ބައި ލައްކައެއް ހާ ރުފިޔާ ޚަރަދުވާކަން ހާމަވެއްޖެއެވެ. 

މިކަން ހާމަވެފައިވަނީ ކައުންސިލުން އާއްމުކުރި އޮކްޓޫބަރ 2026 ގެ ޚަރަދުތަކާއި އާމްދަނީގެ ތަފްސީލުތަކުންނެވެ. މި ތަފާސް ހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހު ޖުމްލަ 1،650،286 ރ އޮފީސް ހިމްގުމުގެ ބޭނުމަށް ހޯދާ ޚިދުމަތުގެ ގޮތުގައި ޚާރަދުކޮށްފައިވެއެވެ. އެހެން ކަމުން މިއީ ދުުވާލަކަށް އެވްރެޖްކޮށް ބައިލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ. 

އައްޑޫ ސިޓީ ކައުންސިލުން ހޯދާ ޚިދުމަތްތަކަށް ބައި ލައްކަ ރުފިޔާ ޚަރަދުވާއިރު، ކައުންސިލް އިދާރާގެ އިތުރުން 4 އަވަށު އޮފީހެއް ވެސް ކައުންސިލުގެ ދަށުން ހިންގައެވެ. އެއީ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހިތަދޫ އަވަށު އޮފީހެވެ.